ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް، އާބާދީ އިތުރުވާ ގައުމުތަކުގެ ތެރޭގައި އިންޑިއާއާ ޕާކިސްތާން!

ދުނިޔޭގެ އާބާދާި އަށް ބިލިއަންއަށް އިއްޔެ އަރައިފި ކަމަށް އދ އިން ހާމަކޮށްފި އެވެ. މިދިޔަ ޖުލައި މަހު ހެދި ޕްރޮޖެކްޝަންސްތަކަކާއި ހަވާލާދީ އދ. އިން އިއްޔެ ބުނީ މިއީ 1950 ވަނަ އަހަރާ އަޅާ ބަލާއިރު ދުނި...

16 Nov 2022 | 05:36

ދުނިޔޭގެ އާބާދާި އަށް ބިލިއަންއަށް އިއްޔެ އަރައިފި ކަމަށް އދ އިން ހާމަކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ހެދި ޕްރޮޖެކްޝަންސްތަކަކާއި ހަވާލާދީ އދ. އިން އިއްޔެ ބުނީ މިއީ 1950 ވަނަ އަހަރާ އަޅާ ބަލާއިރު ދުނިޔޭގެ އާބާދީ ތިން ގުނަ އިތުރުވުމެވެ. 1950 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ ހުރީ 2.5 ބިލިއަނުގައެވެ.

އެ ޕްރޮޖެކްޝަންސްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގައި މައިގަނޑު ގޮތެއްގައި އާބާދީ އިތުރުވަމުން ދަނީ އަށް ގައުމެއްގައި އެވެ. އެއީ އިންޑިއާ، ޕާކިސްތާން، މިސްރު، ފިލިޕިންސް އަދި ޓެންޒޭނިއާ އާއި ކޮންގޯގެ އިތުރުން ނައިޖީރިއާ އާއި އިތިއޯޕިއާ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި އަބާދާ އިތުރުވުމުގައި ކޮންޓްރޯލެއް ގެންގުޅޭކަމަށް ބުނެފައިވެ އެވެ ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި އެ ގައުމުތަކުގެ މާހައުލާއި ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަކީ އާބާދީ އިތުރު ނުވާ މައިގަނޑު ސަބަބެވެ.

އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި އާބާދީ އިތުރުވުން ކޮންޓްރޯލްވެފައިވަނީ އެ ގައުމުތަކުގެ ސަރުކާރަށް އާންމުން ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްނުދެވުމާއި ތައުލީމާއި ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތަށް ނުލިބުމެވެ.

އދ. އިން ލަފާ ކުރާ ގޮތުގައި ދުނިޔޭގައި އިންސާނުންގެ ލައިފް އެކްޕެކްޓެންސީ ނުވަތަ އެވްރެޖުކޮށް އިންސާނަކު ދުނިޔޭގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ އުމުރު މިހާރު ވަނީ 77.2 އަހަރަށް އަރާފައި އެވެ. ދަރިން ލިބޭ އުމުރުގެ މީހުންގެ އަދަދު ވެސް އިތުރުވެފައިވާތީ އާބާދީ ކުރިއަށް އޮތްތަނުގައި ބޮޑުތަނުން އިތުރުވާނެ ކަމަށް ބުނެ އެވެ.

އެ ޕްރޮޖެކްޝަންސްގައި ބުނެފައިވާ ގޮތުގައި 2030 އާ ހަމައަށް ދުނިޔޭގެ އާބާދީ 8.5 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު 2050 އާ ހަމައަށް 9.7 ބިލިއަނަށް އަދި 2100 އާ ހަމައަށް 10.4 ބިލިއަަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފަައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް