ސައޫދީ އަރަބިއްޔާގައި ވާރޭ ނުވެހި ގިނަދުވަސްވެ ހަނަފަސްކަން ކުރިމަތިވެފައިވާތީ، އިސްތިސްގާ ނަމާދެއް ކުރުމަށް ސައޫދީ ރަސްގެފާނު ސަލްމާން އަމުރުކުރައްވައިފިއެވެ.
ސައޫދީ ރޯޔަލް ކޯޓު މެދުވެރިކޮށް ނެރުއްވި އެ އަމުރުގައިވަނީ ގައުމުގެ އެކި ކަންކޮޅުތަކުގައި މާދަމާ އިސްތިސްގާ ނަމާދެއް ކުރުމަށެވެ.
ފާފަ ފުއްސެވުމަށްއެދި ދުއާކޮށް، ހެޔޮ އަމަލުތައް ގިނަކޮށް ވާރޭ ވެއްސެވުންއެދި ދުއާކުރުންމަތީ ދެމިތިބުމަށްވެސް ސައޫދީ ރަސްގެފާނުގެ އެ އަމުރުގައި ގައުމުގެ ރައްޔިތުންގެ ކިބައިން އެދިލައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް