މިއަދު ކޮވިޑު ޖެހުނީ 118 މީހުންނަށް

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 118 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވީ މާލެއިން 35 މީހުންނާއި އަތޮ...

16 Nov 2021 | 17:32

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 118 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވީ މާލެއިން 35 މީހުންނާއި އަތޮޅުތަކުން 70 އަދި ރިސޯޓުތަކުން 13 މީހުން ނެވެ.

މިއާކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 90،117 އަށް އަރާފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 3،349 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،154 އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 10 މީހުންނަށެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާ ހޯދައިގެން 87،703 މީހުން ރަނގަޅުވެފައިވާ އިރު، އެބަލީގައި ނިޔާވެފައިވަނީ 247 މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް