ގޯލްޑް 100 އެވޯޑް މިއަހަރު ވެސް އެމް.ޑަބްލިޔު.އެސް.ސީއަށް - މިއީ މި އެވޯޑު ލިބުނު 5 ވަނަ ފަހަރު

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ދެވޭ "ގޯލްޑް 100" އެވޯޑް މިއަހަރު ވެސް އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިއްޖެ އެވެ. މި އެވޯޑް އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލ...

16 Nov 2021 | 17:18

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ދެވޭ "ގޯލްޑް 100" އެވޯޑް މިއަހަރު ވެސް

އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިއްޖެ އެވެ.

މި އެވޯޑް އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލު ކޮށްދެއްވާފައިވަނީ "ގޯލްޑް 100 ގާލާ" ގެ ނަމުގައި ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމްކޮށް  ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.

މިޙަފްލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްވެރިނާއި ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން މިރަސްމިއްޔާތުގައި ވަނީ ބައިވެރިވެފަ އެވެ.

މި އެވޯޑާއި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހަވާލުވެލެއްވީ މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އެވެ.

މިއީ "ގޯލްޑް 100" އެވޯޑް އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިގެންދިޔަ 5 ވަނަ ފަހަރެވެ.

"ގޯލްޑް 100" އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތައް ވަނަތަކަށް ހޮވުމުގެ ބަދަލުގައި އެންމެ ފާހަގަކޮށްލެވޭ

ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތައް ދެނެގަތުމަށްފަހު، އެކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ.

މި އެވޯޑަށް ވިޔަފާރީގެ އެކި ދާއިރާތަކުން ކުންފުނިތައް ހޮވަނީ އެކަމަށް އެކުލަވާލާފައިވާ ޚާއްސަ ކޮމެޓީއަކުން ބެލުމަށްފަހުގަ އެވެ. ކުންފުނިތަކަށް މި އެވޯޑު ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި ކާމިޔާބު އީޖާދުތައް އެ ކުންފުންޏަކާއި ގުޅޭ ދާއިރާއިން ތަޢާރަފުކުރި މިންވަރާއި ޢިޖުތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތް ކޮށްފައިވާ މިންވަރު ހިމެނެ އެވެ.

އެމް.ޑަބްލިޔު.އެސް.ސީއަށް "ގޯލްޑް 100" އެވޯޑް މިއަހަރު ލިބިގެން ގޮސްފައިވާއިރު، މިކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި

ފެނާއި ނަރުދަމާ އާއި ގުޅުންހުރި ޚިދުމަތް ޒަމާނީ ޓެކްނޮލޮޖީ އާއި ވަޞީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

މީގެ އިތުރުން، މިކުންފުންޏަކީ ފުޅާދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި، ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާރ.އޯ ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ޤާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް