މަޝްޙޫރު ދާއީ އައްޝައިޚް މުޢިއްޒު ބުޚާރީގެ ވަރަށް ޚާއްސަ ދަރުހެއް، މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
"ދަ ޔޫތު ޑިލެމާ" ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ އިސްލާމިކް މިނިސްޓްރީގެ ހޯލުގައި މާދަމާ ރޭ 21:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ދަރުސް މިނިސްޓްރީގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލުނން ވަގުތުން ދައްކާނެ ކަމަށާއި މި ދަރުހުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެލެއްވުމަށް އެ މިނިސްޓްރީގެ ފަރާތުން އެދިލައްވަ އެވެ.
ސްރީލަންކާއަށް އުފަން އައްޝައިޚް މުޢިއްޒު ބުޚާރީ އުމުރުން 14 އަހަރުގައި ޤުރްއާން ހިތުދަސްކުރެއްވުމަށް ށްފަހު، 10 އަހަރު ހޭދަކުރެއްވީ ޢަރަބި ބަހާއި އިސްލާމީ ފިޤުޙު އަދި ހަދީޡް ޢިލްމު އުނގެނެއްވުމަށެވެ.
މިވަޤުތު އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ކޮލަންބޯގެ "ސަކީނާ އިންސްޓިޓިއުޓް" ގެ ސީ.އީ.އޯ އެވެ. އަދި ކޮލޮމްބޯގެ އިންސްޓިއުޓް ގައި ޢަރަބި މާއްދާ ކިޔަވައިދެއްވަމުންދަވަނީ އެބޭފުޅާ އެވެ.މުދައްރިސެކެވެ.
މީގެ އިތުރުން އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ކޮލޮމްބޯގެ ވެލަވަޓްގެ އެންމެ ބޮޑު ހުކުރު މިސްކިތުގެ ޚަޠީބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް