ކާބޯތަކެތީގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއެކު އެމްޕީއެލް އިން ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްޕީއެލް އިން ބުނީ އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި، ޕެރިޝަބަލް ކާގޯ ރާއްޖެއަށް އެތެރެކުރާ ބައެއް ފަރާތްތަކާ އެމްޕީއެލްގެ ފަރާތުން ބައްދަލުކުރީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުﷲ އަދި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ކަމަށެވެ.
މި ބައްދަލުވުމުގައި ޕެރިޝަބަލް ކާގޯ ރާއްޖެއަށް އެތެރެކުރާ އިމްޕޯޓަރުންގެ ކަންބޮޑުވުންތަކާއި އެ ފަރާތްތަކަށް މި ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
މީގެ އިތުރުން އެ ކުންފުނިން އެކުލަވާލައިފައިވާ ޕްލޭންތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރިކަމަށް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް