ސިނަމާލޭ ބްރިޖު މަތީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލޭ ބްރިޖު މަތީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖް މަތިން އެއަރޕޯޓަށް ދެވޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން، މާލެއާ ވ...

16 Nov 2021 | 13:25

ސިނަމާލޭ ބްރިޖު މަތީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖް މަތިން އެއަރޕޯޓަށް ދެވޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން، މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓުގައި މާބަނޑު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓެއް ހިނގައިގެން މިއަދު މެންދުރު 12:10 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެމީހާގެ އެ ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އަނިޔާވީ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ކަމަށާއި އޭނާ މިހާރު ވަނީ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެމީހުން ތިބި ސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ދިއުމުން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އައިޖީއެމްއެޗާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އަނިޔާވެގެން ގެނައި މާބަނޑު މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް