ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ދޫނި ރޯގާ ފެތުރެމުން އަންނާތީ ސަމާލުވުމަށް ސިއްހަތާ ބެހޭ ބައިނަލްއަގްވާމީ ޖަމާއަތުން އިލްތިމާސް ކޮށްފި އެވެ.
އެ ޖަމާއަތުން ބުނީ އޭޝިއާ އާއި ޔޫރަޕްގެ ބައެއް ސަރަހައްދުތަކުގައި ދޫނި ރޯގާ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށެވެ.
އެގޮތުން އެ ޖަމާއަަތަށް އެންމެފަހުން އެއްކުރެވުނު މައުލުމާތަށް ބަލާއިރު، ސައުތް ކޮރެއާގައި ދޫނި ގެންގުޅޭ ފަރމެއްގައި އެ ރޯގާ ފެތުރެމުންދާ ކަމަށް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ ފަރމްގައި ގެންގުޅުނު 770،000 ޖަނަވާރު މަރާލާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ޖަޕާނުގައި ވެސް ދޫނި ރޯދާ ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި ނޯވޭގައި ވެސް ފެތުރެމުން އަންނަކަމަށް ހާމަކޮށްފައި ވެއވެ.
ޔޫރަޮުގެ ގައުމުތައް ކަމަށްވާ ބެލްޖިއަމް، ނެދަލޭންޑްސް އަދި ފްރާންސް އިން ވެސް މި ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.
ދޫނި ރޯގާ އަކީ އިންސާނުންނަށް ވެސް ޖެހޭ ރޯގާ އެކެވެ. މި ރޯގާ އެންމެގިނައިން ޖެހެނީ ދޫނި އެއްޗެހި ގެންގުޅޭ މީހުންނަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެންނަމަވެސް ދޫނީގެ މަސް ކައިގެން މި ރޯގާ ނުޖެހޭނެ ކަމަށް ވެސް ސިއްހީ މާހިރުން އަންނަނީ ބުނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް