ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަރުދުންނާއި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފަ އެވެ.
ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ 30 ނޮވެމްބަރު 2021 ގެ ރޭގަނޑު 23:59 އެވެ. އަދި ބީއެމްއެލް ކޮމިއުނިޓީ ފަންޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށެވެ.
އެ ބޭންކުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅެނީ ތައުލީމާއި ކުޅިވަރު ހަރަކާތްތަކާއި މުޖުތަމައު އަށް ފައިދާ ހުރި ކަންކަމާއި، ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ނެވެ.
މި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް އެ ފަންޑުން 50،000ރ. އަންނަނީ ދެމުން ނެވެ.
ބީއެމްއެލްކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ހިމެނޭހެން މުޖުތަމަޢުއަށް ފައިދާ ހުރި ކަންކަމަށް އަމާޒުކޮށްގެން ހުޅުވާލެވިފައިވާ އިޖުތިމާއީ ފަންޑެކެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިހާތަނަށް ރާއްޖޭގެ 55 ރަށެއްގައި ޕްރޮޖެކްޓް ކުރިއަށްގެންދަން ފައިސާގެ އެހީ ދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް