އެ ސީރީޒްގެ ފުރަތަމަ ސަފުހާގައި ގެނެސްދޭ ވެބް ސީރީޒް "ބޭބީ" ގެ ޓީޒަރ ދައްކާލައިފި އެވެ.
މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން އިން ގެނެސްދޭ ވެބް ސީރީޒްތަކެކެވެ.
ބޭބީ" ގެ މުހިންމު ރޯލުތަކުން ފެންނަ ފަންނާނުންގެ ތެރޭގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފު ކުރާ އިބްރާހިމް ޔައީޝް އާއި އައިމިނަތު ޝުހާ ހިމެނެ އެވެ. އަދި މުހައްމަދު އަފްރާހު ވެސް ހިމެނެ އެވެ.
އެ ސީރީޒްގައި ހަ ސަފުހާއެއް ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ ފޯން ކޯލް، އާޓިސްޓް، ސާރވަންޓް އެވެ. އަދި ލިފްޓް، ޝެޑޯ، ބެސްޓް ފްރެންޑް އަދި ބެލް ގެ ނަމުގައި ވެބް ސީރީޒްތައް ހެދުމަށް ވަނީ ނިންމާފަ އެވެ.
https://www.youtube.com/watch?v=XvcP9Z0Krt8&t=18s
ބޭބީގެ އިތުރު ތަފްސީލެއް ޔޫއްޕެ ޕްރޮޑަކްޝަން އަދި ޝައި ޕްރޮޓަކްޝަނުން ވެސް މިހައިތަނަށް ހާމަކޮށްފައި ނުވިޔަސް ޓީޒަރ ބަަލއިލުމުން 'ޔޫއްޕެގެ ބޭބީ" ބަލައިލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުން ނެވެ.
މިސީރީޒްތައް ދެއްކުމަށް ހަމަޖެހިފައިވާ ތާރީޚެއް އަދި ދައްކާނެ ޕްލެޓްފޯމެއް ވެސް މިހައިތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް