މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ވައިޓް އެލަރޓް ނެރެފި އެވެ.
މިއަދު ހަވީރު 16:30 ހާއި ހަމައަށް ނެރެފައިވާ އެލަރޓުގައި މެޓް އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާ، ވިލާގަަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މިހާރު ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑުތައް ގަދަވެފައި މިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށާއި އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފައި ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް މިހަފްތާގައި ކުރާނެ ކަމަށާއި އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް