ހައި ކޯޓުން ބުނަނީ ޕީޖީ ޝަމީމަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް!

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފި އެވެ. ހައި ކޯޓުން މިހެން ބުނީ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ...

16 Nov 2021 | 07:14

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފި އެވެ.

ހައި ކޯޓުން މިހެން ބުނީ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ އެއްބަނޑު އެއްބަފާ ދެމީހުން ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލި މައްސަލަ ބަލަމުން ދަނިކޮށް ޕީޖީ ހުސެއިން ޝަމީމް، އެކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެން ނެވެ.

ހައިކޯޓުން ބުނެފައިވަނީ ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް އެކަމާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު ޕަބްލިކުގައި ކޮމެންޓު ކުރުމަކީ ކޯޓު ކޮންޓެމްޕްޓްގެ ތެރެއިން ފިޔަވަޅު އަޅަން ޖެހިދާނެ ފަދަ ކަމެއް ކަމަށެވެ.

ޚާއްސަކޮށް ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން މި ބާވަތުން ކުރާ ކޮމެންޓުގެ އަސަރު ފުޅާވެ، އާންމު ރައްޔިތުންގެ މެދުގައި އެކަން ގަބޫލުކުރުން ބޮޑުވެގެން ދާނެ ކަމަށްޓަކައި ކޯޓަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތް ކަނޑައެޅުމަށް ހުށަހެޅިފައިވާ ކަމަކާ މެދު އެ މޭރުމުން ކޮމެންޓު ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ހައިކޯޓުން ބުނެފައި ވެއެވެ.

މިމަހު 3 ވަނަ ދުވަހު ޕީޖީ ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު އަލުން ފިލުމުގެ ފުރުސަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެހާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެތީ އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެ ކަމަށް އެވެރިން ގަބޫލުކުރާ ކަމަށެވެ.

https://twitter.com/HuShameem/status/1455925718299279364?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1455925718299279364%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F131596

ފްލެޓު އަޅައިދޭނެކަަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ އައްމަޓީ ބަންދުން ދޫކޮށްލި އަމުރު ބާތިލްކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަމަކާމެދު ބޭރުގައި ވާހަކަ ދައްކާ ގޮތް ކިޔާ ނުހެދުމަށް އޮތް އުސޫލުގެ އެއްބޭނުމަކީ، ކޯޓެއްގެ ކުރިމައްޗަށް ހުށަހަޅާ މައުޟޫއާ ގުޅިގެން ގޮތް ކަނޑައަޅާ ކޯޓަށް ނުވަތަ ފަނޑިޔާރަށް ނުޒޫފު ފޯރައިދާނެ ކަމާއި، އެކަމުގެ ސަބަބުން ތައައްސުބުގެ ގޮތުން ގޮތް ކަނޑައެޅިދާނެ ކަމަށްޓަކައި އެކަން މަނާ ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް