ގދ. ވާދޫ ސްކޫލުގެ ހަތަރު ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތު އެގްރީމަންޓްގައި ސޮއިކޮށްފި

ގދ. ވާދޫ ޖަމާލުއްދީން ސްކޫލްގެ 04 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން 290 ދުވަ...

16 Nov 2021 | 05:25

ގދ. ވާދޫ ޖަމާލުއްދީން ސްކޫލްގެ 04 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން 290 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށްޓަކައި ނޯރތް ކޯސްޓް ކޮންޓްރެކްޓަރ ޕްރައިވެޓް ލިމިޓެޑާއި 13.3 މިލިއަން ރުފިޔާ އަށް އަށް ހަވާލު ކުރެވިފައިވާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި މިިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ރިޔާޒް އެވެ.

ނޯރތް ކޯސްޓް ކޮންޓްރެކްޓަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އިޔާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް