ސްރީލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ސީޝެލްސް އާއި ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗަށް ދިވެހިންނަށް ޔޫތު މިނިސްޓްރީން ޓިކެޓު ދޭން ނިންމައިފިއެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވާ ވިދާޅުވީ ޔޫތު މިނިސްޓްރީގެ ފަރާތުން ލަންކާ - ރާއްޖެ މެޗުގެ 650 ޓިކެޓު ދިވެހި ސަޕޯޓަރުންނަށް ހަދިޔާ ކުރާން ހަމަޖެހިފައިވާ ކަމުގައެވެ.
މި މެޗް ކުޅެން ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 15:30 ގައެވެ. އަދި އެއީ ލަންކާ ގަޑިން 15:00 ގައެވެ.
މެޗުގެ ޓިކެޓް ދިވެހި ސަޕޯޓަރުންނަށް ހަދިޔާ ކުރުުމުގެ އިތުރުން މާލޭގައި ތިއްބެވި ސަޕޯޓަރުންނަށް ސޯޝަލް ސެންޓަރާއި ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗު ބެލޭނެ އިންތިޒާމް ވެސް ޔޫތް މިނިސްޓްރީން ހަމަޖައްސައިދީފައިވެއެވެ.
ފޯ ނޭޝަންސް ކަޕް ގައި މިއަދު ސީޝެލްސް އާއި ދެކޮޅަށް ނިކުންނައިރު ފުރަތަމަ މެޗުގައި ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ސްރީ ލަންކާ އަތުން އެއްވަރުވެފައި ވުމާއެކު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ދިވެހި ޓީމް ބަލިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޤައުމީ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް