މޯލްޑިވިއަންގެ ސީޕްލޭން އެއް ވެއްޓިއްޖެ

މޯލްޑިވިއަންގެ ސީޕްލޭން އެއް ނައްޓާލަން އުޅުމުގެ ތެރޭގައި ވެއްޓިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެ ސީޕްލޭން އަކީ ދ ދޫރެސް އައިލެންޑުން 15 މީހުންނާއެކު ނައްތާލި ފްލައިޓެއް ކަމުގައި އެމްއެންޑ...

16 Nov 2017 | 05:24

މޯލްޑިވިއަންގެ ސީޕްލޭން އެއް ނައްޓާލަން އުޅުމުގެ ތެރޭގައި ވެއްޓިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ސީޕްލޭން އަކީ ދ ދޫރެސް އައިލެންޑުން 15 މީހުންނާއެކު ނައްތާލި ފްލައިޓެއް ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ކޮށްފައިނުވާކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެންމެންވެސް ތިބީ ދޫރެސް އައިލެންޑްގައި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ސިފައިން ދަނީ އެ ސަރަަހައްދުގައި ހަރަކާތްތެރި ވަމުން ކަމަށެވެ.

ސީޕްލޭން އަޑިއަށް ދާތީ ދޯންޏެއްގެ އެހީގައި އެ ސީޕްލޭން ރިސޯޓް ބީޗަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

ތަފްސިލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް