އައްޑޫ ސިޓީ ފިހާރައަކުން ފޭރުނު މައްސަލަ: ދެވަނަ މީހާ ހައްޔަރުކޮށް، ކުރިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް

އައްޑޫ ސިޓީ ފިހާރަޔަކުން ފޭރުނު މައްސަލައިގާ ހިމެނޭ ދެވަނަ މީހާ ހައްޔަރުކޮށް، ކުރިން ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައ...

16 Oct 2024 | 18:10

އައްޑޫ ސިޓީ ފިހާރަޔަކުން ފޭރުނު މައްސަލައިގާ ހިމެނޭ ދެވަނަ މީހާ ހައްޔަރުކޮށް، ކުރިން ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލަ ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާއިރު ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މިރޭ ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން މިއަދު 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފޭރުމުގެ އެ އަމަލު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފޭރުމުގެ އެ އަމަލުގައި ދެމީހަކު ބައިވެރިވާ މަންޒަރު ފެނިގެން ދެއެވެ. އެކަކު ލަޓިގަނޑެއް ބޭނުންކުރާއިރު އަނެކަކު ބޭނުންކުރަނީ ތޫނު ހަތިޔާރެކެވެ. ފުލުހުން ކުރިން ހައްޔަރުކުރި މީހާގެ އުމުރަކީ 40 އަހަރު ކަމަށްބުނާއިރު އެއީ ތޫނު ހަތިޔާރު ބޭނުންކުރި މީހާ ކަމަށް ބެލެވެއެވެ. ލަޓިގަނޑު ހިފައިގެން އުޅުނު މީހާ އަނެއް މީހާއަށްވުރެ ޒުވާން ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް