މިއަދުގެ ތުއްތު ކުދިން ބޮޑުވެގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް މުހާތަބު ކުރާނީ ދެވަނަ ބޮޑުތަކުރުފާނުގެ ނަމުން ކަމަށް އިހުރާއިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މި ގައުމުގެ ހާލަތު އޮތް ގޮތާއި ރައީސް ވެރިކަމުން ފައިބާ ވަޑައިގަންނަވާ އިރު ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ވާހަކަ މިއަދުގެ ކުޑަ ކުދިން ޒުވާން އުމުރުފުރާއިގައި މީހުންނަށް ކިޔައިދޭނެ ކަމަށްށެވެެ.
ރައީސުލްޖުމްހޫރިއްޔާ މި ގައުމަށް ގެނެސްދެއްވި ތަހުޒީބާ، ރައްޔިތުންނަށް ކޮށްދެއްވި އާދަޔާ ހިލާފު ކަންކަމުގެ ވާހަކަ މިއަދުގެ15 އަހަރުގެ ކުދިން25 އަހަރުގައި ކިޔައިދެއްވާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. އަދި މިއަދު ނުވިހާ ކުދިން މި އަންނަ މަހު ވިހާ ކުދިން އެ ކުދިންގެ އުމުރުން10 އަހަރުގައި އެކުދިންގެ މައިންބަފައިންނާއި އެ ކުދިންގެ ރައްޓެހިންނާވެސް ރައީސްގެ ކުޅަދާނަ ކަމުގެ ވާހަކަތައް ކިޔައިދެއްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
" މި ސަރުކާރުން މި ކުރަނީ ވަރަށް މިހިންމު މަސައްކަތް ތަކެއް. މިއަދު އުމުރުން ފަސް އަހަރުގެ ކުދިން އެކުދިންގެ15 އަހަރުގައި ކިޔައިދޭނެ އެކުދިންގެ މައިންބަފައިންނަށް ކިޔައިދޭނެ ރާއްޖޭގައި ވެރިކަން ކުރި ޑރ މުހައްމަދު މުއިއްޒެއްގެ ވާހަކަ. އެ ދުވަހު އެކުދިން ބޮޑުތަކުރުފާނުގެ ނަމުން، އަޅުގަނޑުމެންގެ ރައީސް ޑރ މުހައްމަދު މުއިއްޒާއި މުހާތަބު ކުރާނީ" ފަލާހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް