ޕްލާސްޓިކް ކުނި ބެލެހެއްޓުމާ ގުޅޭ ވަށާޖެހޭ ވިސްނުމެއްގެ ދަށުން، ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ބައިވެރިން ގުޅިގެން ދިވެހިރާއްޖޭން ފުރަތަމަ ފަހަރަށް ބެލްޑް ޕެޓް ކުނި އެކްސްޕޯޓްކޮށްފި

ޕްލާސްޓިކް ކުނި ބެލެހެއްޓުމާ ގުޅޭ ވަށާޖެހޭ ވިސްނުމެއްގެ ދަށުން، ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ބައިވެރިން ގުޅިގެން ދިވެހިރާއްޖޭން ފުރަތަމަ ފަހަރަށް ބެލްޑް ޕެޓް ކުނި އެކްސްޕޯޓްކޮށްފި ދިވެހިރާއް...

16 Oct 2024 | 07:27

ޕްލާސްޓިކް ކުނި ބެލެހެއްޓުމާ ގުޅޭ ވަށާޖެހޭ ވިސްނުމެއްގެ ދަށުން، ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ބައިވެރިން ގުޅިގެން ދިވެހިރާއްޖޭން ފުރަތަމަ ފަހަރަށް ބެލްޑް ޕެޓް ކުނި އެކްސްޕޯޓްކޮށްފި

ދިވެހިރާއްޖޭގައި ޕްލާސްޓިކް ކުނި މެނޭޖްކުރުމުގެ ވަށާޖެހޭ އިގްތިސާދަށް އެޅި ފިޔަވަޅެއްގެ ގޮތުން، ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި ބައިވެރިން ގުޅިގެން ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް)ގެ ބޭލްޑް ކޮންޓެއިނަރެއް، ދިވެހިރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުކޮށް އަލުން ބޭނުންކުރުމުގެ އަމާޒުގެ ދަށުން މާލޭން ރާއްޖޭން ބޭރަށް އެކްސްޕޯޓްކޮށްފައިވާކަމަށް ބުނެފިއެވެ.

އެގޮތުން ބުނެފައިވަނީ ވޯލްޑް ކްލީންއަޕް ޑޭ 2024ގައި ބޭއްވި މި ހަރަކާތުގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިން ހަރަދުކޮށްގެން، ޕިކަޕް އާއި ބެލަރ ހިމެނޭ ސާމާނު ސަރުކާރުގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރިކަމަށާއި ޓީސީސީއެފްގެ ހަރަދުގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި އިސްނެގުމަކީ ޕެޓް ފުޅި އެއްކުރުމް ހަރުދަނާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެއްކަމަށެވެ.

މި އިސްނެގުމުގައި ރީސައިކަލް ކުރުމަށް ބެލްޑް ޕެޓް ފުޅި މެލޭޝިއާ އާއި ޗައިނާއަށް އެކްސްޕޯޓް ކުރާނެ އެވެ. މީގެ ކުރިން ޕެޓް ފުޅި އެކްސްޕޯޓްކޮށްފައި ވާއިރު، ގިނަ އަދަދެއްގެ ކުނި ބެލްޑް ކުރުމުން ދަތުރުފަތުރަށް ވަރަށް ބޮޑަށް ރަނގަޅުވެ، މި މަސައްކަތުގައި ކުރިއެރުންތަކެއް ލިބިގެންދެ އެވެ. ޓީސީސީއެފްގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ޖުމްލަ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމުތައް ވެސް ގާއިމް ކުރުން ކަމުގައި ބުނެފައިވެއެވެ.

މިވަގުތު ރާއްޖޭގެ ގިނަ ކުނި އުކާލަނީ ނުވަތަ އަންދާލަނީ ކ. ތިލަފުށި ސިނާއީ ރަށުގަ އެވެ. މި މަޝްރޫއަކީ ކުނި މެނޭޖްކުރުމުގެ ރަނގަޅު އުސޫލުތަކަށް ބަދަލުވުމެއް ތަމްސީލުކުރާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާލޭ ސަރަހައްދަށް ވުރެ ޕެޓް ފުޅި އެއްކުރުމުގެ ނިޒާމުތައް ފުޅާކޮށް، ރީސައިކަލް ކުރުން ހަރުދަނާކޮށް ތަރައްގީ ކުރެވެންދެން މުޅި ރާއްޖޭގައި އެއްކުރެވޭ މިންވަރު ރަނގަޅުކުރުމަށެވެ.

މި މަޝްރޫއުގެ އޮޕަރޭޝަންތައް ރަށްރަށާ ގުޅުވައިދިނުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޕެޓް އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގައި މޯޕާގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.

މި މަޝްރޫއާއި ގުޅޭގޮތުން މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވެފައިވަނީ މި މަޝްރޫއަކީ ޕްލާސްޓިކް ކުނިތަކާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ރާއްޖެއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް، ކަމަށެވެ.

"މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް." އޭނާ ވިދާޅުވިއެވެ.

ވެމްކޯއާ ގުޅިގެން މޯޕާއިން ވަނީ މުޖުތަމައުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް އެހީތެރިވެދީ، ޓީސީސީއެފްގެ ހަރަދުގައި ގެނެވޭ ކޮމްޕެކްޓަރާއި ޕިކަޕް ފަދަ ވަސީލަތްތައް މާލޭ ސަރަހައްދާއި އެހެން ރަށްރަށުގައި ވެސް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފަ އެވެ.

"މި އިސްނެގުމަކީ ޕްލާސްޓިކް ކުނި މެނޭޖްކުރުން ރަނގަޅުކޮށް، ރާއްޖޭގައި ރީސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވި އެވެ. "ޕެޓް ކުނި އެއްކުރުމާއި ޕްރޮސެސް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ރަށްރަށަށް ގެންގޮސް، ޕްލާސްޓިކް ތަޣައްޔަރުވުމުގެ އަވަސް ގޮންޖެހުން ހައްލުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ބިންގާއެއް ވެސް ބިނާކުރުމަށް އެޅޭ ބާރެއް." ޕެޓް ކުނި އެކްސްޕޯޓް ކުރުމަކީ ކުނި ނައްތާލުމުގެ އާންމު އުސޫލުތަކުން ޕްލާސްޓިކް ކުނި އެއްކޮށް، ޕްރޮސެސްކޮށް، ރީސައިކަލް ކުރާ ވަށާޖެހޭ އިގްތިސާދީ ވިސްނުމަށް ރާއްޖެ ބަދަލުވުމުގެ މުހިންމު ވަގުތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕެޓް ކުނި އެއްކުރުމުގެ އޮޕަރޭޝަނަލް ކަންތައްތައް ބަލަހައްޓައި، ބެލިން އަދި އެކްސްޕޯޓް ނިޒާމުތައް ރަނގަޅަށް ހިނގާކަން ކަށަވަރުކުރުމުގައި ވެމްކޯގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ކާލޮސް ޕަގޯއާގާ ވިދާޅުވެފައިވަނީ މި މަޝްރޫއަށް ވިސްނުން ފުޅާވެފައިވަނީ ކުނި އެއްކުރުމަށް ވެސް ދުރަށް ކަމަށާއިމޯޕާ އާއި ވެމްކޯގެ މަސައްކަތްތަކަށް ބޭނުންވާ ހަރަދު ހަމަޖައްސައިދީގެން، އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ސަގާފަތެއް އާލާކޮށް، ވަށާޖެހޭ އިގްތިސާދަކަށް އެހީތެރިވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް