ރާއްޖެއާއި އިންޑިއާގެ ކެރެލާ ސިޓީގެ ކޮއްލަމް އާއި ދެމެދު ފެރީގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާކަމުގައި ކެރެލާ މެރިޓައިމް ބޯޑުން ބުނެފިއެވެ.
އެގޮތުން ދަ ނިއު އިންޑިއަން އެކްސްޕްރެސްގެ މިއަދުގެ އަދަދުގައި އެ ބޯޑާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މިހާރު އޮތް މަރުހަލާއަކީ ކޮއްލަމް ޕޯޓްގައި އިމިގްރޭޝަން ކައުންޓަރު ގާއިމް ކުރުމެވެ.
ދެ ކުންފުންޏަކުން ފެރީގެ ހިދުމަތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު 100 ޕަސިންޖަރުންގެ ކްރޫޒް އަކާއި 15 ޕަސިންޖަރުންގެ ކްރޫޒް އެއް ފުރަތަމަ މަރުހަލާގައި އޮޕަރޭޓް ކުރުމަކީ އެ ބޯޑުގެ އަމާޒުކަމުގައި ބުނެފައިވެއެވެ.
ކެރަލާ މެރިޓައިމް ބޯޑުން ބުނެފައިވަނީ މި ފެރީ ހިދުމަތުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ އިތުރުން ދެ ގައުމުގެ އިގްތިސާދުވެސް ރަނގަޅުވެގެންދާނެ ކަމުގައި އެ ބޯޑުން ގަބޫލު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް