އައްޑޫ ސިޓީ ފިހާރައަކަށް ދެމީހަކު ވަދެ ފޭރުނު މައްސަލައިގާ މިހާރު އެކަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން މިއަދު ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މައްސަލައެއް ހޯމަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވަމުންދިޔަ ވީޑިއޯއަކުން ފެންނަގޮތުގައި ފޭރުމުގެ އެ އަމަލުގައި ދެމީހަކު ބައިވެރިވެއެވެ. އެކަކު ލަޓިގަނޑެއްގެ ބާރު ބޭނުންކުރާއިރު ސޭޓަށް ބިރު ދެއްކުމަށް އަނެކަކު ބޭނުންކުރީ ތޫނު ހަތިޔާރެކެވެ.
ފިހާރަތެރޭގައި ތިބުމަށްފަހު އެކަކު ނިކުމެ ލަޓިގަނޑެއް ހިފައިގެން ވަންނަ ވަގުތު ދެމީހުން އެކުގައި ސޭޓާ ދިމާއަށްގޮސް އެކަކު ލަޓިބުރިން އަނެކަކު ތޫނު ހަތިޔާރަކުން ސޭޓަށް ބިރުދައްކައި ފޭރުމަށްފަހު ދުވެފައި ނިކުމެގެންދާ މަންޒަރު އެ ވީޑިއިން ފެނެއެވެ.
ރޯމާދުވާލު ހިންގި ފޭރުމުގެ އެ އަމަލުގައި އެ ދެމީހުން މޫނު ނިވާކުރުންފަދަ ކަމެއް ވެސް ކޮށްފައެއް ނުވެއެވެ. ދެމީހުންގެ މޫނު ސާފުކޮށް އެ ވީޑިއޯއިން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް