އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ރަޝިޔާގެ ރައީސް ލަޑީމިއާރ ލަޑީމިރޮވިޗް ޕޫޓިން ގޮވާލައްވައިފިއެވެ.
ޕޫޓިން މިކަމަށް ގޮވާލެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރެއްވި ފޯނުކޯލެއްގައެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގު އިސްކުރަން ޕޫޓިން ގޮވާލެއްވިއެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލަންވެސް ގޮވާލެއްވިއެވެ.
މީގެ އިތުރުން އިރާނުގެ ރައީސް އެބްރާހިމް ރައިސީއާއި، ސޫރިޔާގެ ރައީށް ބައްސާރު އަލް-އަސަދާއި، މިސްރުގެ ރައީށް އަބްދެލް ފައްތާހް އަލް-ސީސީ އާއި ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އާއިވެސް ޕޫޓިން މަޝްވަރާތައް ކުރައްވާފައިވާކަމަށް ޕޫޓިންގެ ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯވްއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް