ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.
މިކަން އިއުލާނުކުރައްވަމުން ފާރިސް ވިދާޅުވެފައިވަނީ ވާދަކުރައްވާނީ މައްޗަންގޯޅި އުތުރު ދާއިރާއަށް ކަމަށެވެ. އަދި ދާއިރާގެ އެނމްެހާ ރައްޔިތުންގެ ތާއީދު ބޭނުން ކަމަށެވެ.
ފާރިސް މަޖިލީހަށް ކުރިމަތިލައްވާނެކަން މިރޭ އިއުލާނުކުރައްވާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ރަނގަޅު އަދަދެއްގެ ނަތީޖާއެއް ހޯއްދެވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ފާރިސްގެ މަގްބޫލުކަން އިތުރުވެގެންދިޔަކަން ފާހަގަކުރެވުނެވެ.
2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައިވެސް ފާރިސް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރެއްވިއެވެ. އެހެންނަމަވެސް އެ ދައުރުގެ އިންތިހާބު ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް