އިސްލާމިކް މިނިސްޓަރު މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި މިއީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށް މިސްރުގެ ވެރިރަށް ކަ...

16 Oct 2023 | 17:27

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި މިއީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތުވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ ”ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުލޫ ކަމަށާއި މި ކޮންފަރެންސްގައި މިނިސްޓަރު ތަގުރާރު ކުރައްވާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް