ފުކުޝީމާ ކެމިކަލް ފެން މައްސަލައިގައި ޗައިނާއިން، ޖަޕާނުގެ ސީފުޑް އެތެރެކުރުން މަނާކޮށްފި

ޖަޕާންގެ ފުކްޝީމާ އިންޖީނުގެއިން ކަނޑަށް ކެމިކަލް ފެން ދޫކުރި މައްސަލައިގައި ޖަޕާނުން ޗައިނާއަށް ސީފުޑް އެތެރެކުން މުޅިން މަނާކޮށްފިއެވެ. ޗައިނާއިން ފުރަތަމަ ބުނީ ފުކްޝީމާ އިންޖީނުގެއިން ކެމިކަލް ފެން...

16 Oct 2023 | 17:27

ޖަޕާންގެ ފުކްޝީމާ އިންޖީނުގެއިން ކަނޑަށް ކެމިކަލް ފެން ދޫކުރި މައްސަލައިގައި ޖަޕާނުން ޗައިނާއަށް ސީފުޑް އެތެރެކުން މުޅިން މަނާކޮށްފިއެވެ.

ޗައިނާއިން ފުރަތަމަ ބުނީ ފުކްޝީމާ އިންޖީނުގެއިން ކެމިކަލް ފެން ދޫކުރުމުން އޭގެ އަސަރު ސީފުޑްގެ ބާވަތްތަކަށް ކޮށްފާނެކަމަށެވެ. އޭގެ ފަހުން މިވަނީ ޖަޕާނުގައި އުފައްދާ އެއްވެސް ބާވަތެއްގެ ސީފްޑް ޗައިނާއަށް އެތެރެކުރުން މަނާކޮށް ފައެވެ.

މަޞްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއިން އެޅި މިފިޔަޅުގެ ސަބަބުން ޖަޕާނަށްވުރެ ބޮޑު ގެއްލުމެއް ޗައިނާއަށް ކޮށްފާނެއެވެ. އެގޮތުން ޗައިނާގައި އުފައްދާ ޗިޕް މިހާރުވެސް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފައިވާއިރު، ޖަޕާނުންވެސް އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ގެއްލުމުގެ އަސަރު ޗައިނާއަށް ވަރަށް ބޮޑަށް ކުރާނެއެވެ.

އެހެންނަމަވެސް މި މަނާކުރުމުގެ ސަބަބުން ޖަޕާނުގެ ސީފުޑް އެކްސްޕޯޓަށް ވަރަށް ބޮޑު އަސަރެއް ކުރި ނަމަވެސް، މިއީ އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ އިގްތިސާދީ މަޖުބޫރުކުރުމުގެ ޗައިނާގެ ފުޅާ ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ އިޤްތިޞާދީ މަޖުބޫރުކަމާ ދެކޮޅަށް އެންމެން ގުޅިގެން ފިޔަވަޅު އެޅުމުގެ މުހިންމުކަމުގެ މައްޗަށް އިނގިރޭސި ވިލާތުންނައި، އެމެރިކާއިން ގޮވާލައިފައިވާއިރު، ޗައިނާގެ ނުފޫޒު ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށް އަންނަނީ ސީދާގޮތުންނާއި، ނުސީދާ ގޮތުން

ފުކުޝީމާ ކުނީގެ މައްސަލަ އުފެދުނީ ފުކުޝީމާ ދައިޗީ ނިއުކްލިއާ އިންޖީނުގޭގެ ޓްރީޓްކޮށްފައިވާ ފެން މޫދަށް ދޫކޮށްލުމުންނެވެ. އެ ފެނުގައި ރޭޑިއޯއެކްޓިވް އައިސޯޓޮޕްސް ހުއްޓަސް އެމާއްދާ ހުރީ ވަރަށް މަދުންކަމަށް ޖަޕާންގެ ޓެސްޓްތަކުން ދައްކައެވެ.

ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދަނީ އެ ފެނަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށާއި ނަމަވެސް މި ފެނުގެ ސަބަބުން ތިމާވެއްޓާއި ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ތައް އަދިވެސް އެބައޮތް ކަމަށް ކަމުގެ މާހިރުން ދެކިލައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް