ޕާކިސްތާނުގައި ނުނިމި ހުރި ޖިނާއީ މައްސަލަތައް 18،000ން މައްޗަށް އަރައި ޝަރުޢީ ނިޒާމާމެދު ޢާއްމުން ސުވާލު އުފައްދަން ފަށައިފިއެވެ.
އިސްލާމްއާބާދުގައި ޖިނާއީ މައްސަލަތަކުގެ ބެކްލޮގް 18،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޒަމާންވީ ގާނޫނުތަކާއި، ދައުވާ ކުރުން ބަލިކަށިވުމާއި، ގޯސް ތަހުގީގުތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މިނިވަންވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޝަންސް ޑިވިޝަން (ހުޅަނގު) ގައި 9،369 ޖިނާއީ މައްސަލަ ނުނިމި އޮތްއިރު ސެޝަންސް ޑިވިޝަން އިރުމަތީ ސަރަޙައްދުގައި ނުނިމި ހުރީ 8،660 މައްސަލަ އެވެ.
ކޯޓްތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 18،029 މައްސަލަ ނުނިމި އެބަހުއްޓެވެ. ރޭޕްގެ މައްސަލަތަކުގެ 80 އިންސައްތަ އަށް ވުރެ ގިނަ މައްސަލަތައް ނިމިގެން ދަނީ ކުށްވެރިން ކުށުން ބަރީއަވަމުންނެވެ.
ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކޮށް، ގާނޫނުތައް ޒަމާނީ ކޮށް، ކުށް ސާބިތުވާ ނިސްބަތް ރަނގަޅު ކުރުމަށް ޓަކައި ތަހުގީގާއި ދައުވާގެ ފެންވަރު މަތިކުރަން ޖެހޭ ކަން ގާނޫނީ މާހިރުން ފާހަގަކުރައްވަ އެވެ.
ޝަރުއީ ދާއިރާއިން އަބަދުވެސް މި އުނިކަންތައްތައް ފާހަގަކޮށް، އަދުލު އިންސާފު އަވަސް ކުރުމަށް ޓަކައި އަލުން ޝަރުޢީ ނިޒާމް ވަރުގަދަ ކުރުމާއި ގާނޫނީ މަރުހަލާތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް