ރާއްޖެއިން ފަލަސްތީނަށް ފޮނުވި އެހީގެ ބައެއް ތަކެތި ހުރި ގުދަނަކަށް ހަމަލާ ދީފި

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ރާއްޖެއިން ފަލަސްތީނަށް ފޮނުވި އެހީގެ ބައެއް ތަކެތި ހުރި ގުދަނަކަށް ހަމަލާދީފިއެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މި ހަމަލާއަކީ އިސްރާއީލް...

16 Oct 2023 | 11:28

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ރާއްޖެއިން ފަލަސްތީނަށް ފޮނުވި އެހީގެ ބައެއް ތަކެތި ހުރި ގުދަނަކަށް ހަމަލާދީފިއެވެ.

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މި ހަމަލާއަކީ އިސްރާއީލްގެ ޔަހޫދީން، ސީދާ އެ ގުދަނަށް އަމާޒު ކޮށްގެން ދީފައިވާ ހަމަލާއެކެވެ.

މި ހަމަލާގެ ސަބަބުން އެ ގުދަނުގައި ހުރި ތަކެތި ވަނީ އެއްކޮށް ހަލާކުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2000 ރަޖާ، 1000ކާނާ ޕެކް އަދި 3000 އަންނައުނު ޕެކެވެ.

މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ފުރާނަޔަށް ގެއްލުންވާވަރުގެ އަނިޔާއެއް ލިބިފައި ނުވާ ނަމަވެސް ބައެއް މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އޭއައިސީއިން ބުނެއެވެ.

އަދި ގުދަނަށް ހަމަލާ ދިން ވަގުތު، އެތނުގައި އޮތް ތަކެތި އުފުލާ ކާރަކަށްވެސް ގެއްލުން ލިބިފައި ވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ، އެ ގުދަނުގައި ހުރި ތަކެތި ހަލާކުވި ނަމަވެސް އެއީ ރާއްޖެއިން ފޮނުވި ހުރިހާ ތަކެތި ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް