ފުރަތަމަ ދުވަހުވެސް ބާރަށް ދުއްވައިގެން 120 މީހަކަށް މެސެޖް ފޮނުވައިފި

ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖް ފޮނުވަން ފެށި ފުރަތަމަ ދުވަހުވެސް 120 މީހަކަށް ނަސޭހަތު...

16 Oct 2023 | 10:37

ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖް ފޮނުވަން ފެށި ފުރަތަމަ ދުވަހުވެސް 120 މީހަކަށް ނަސޭހަތުގެ މެސެޖް ފޮނުވާފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

.މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭނު ބަދަލު ކުރާ އުޅަނދުތައް ދެނެގަނެ، އަދި އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނަށް ނަސޭހަތުގެ މެސެޖެއް ފުލުހުންގެ ފަރާތުން ފޮނުވަން ފެށީ އިއްޔެއެވެ

ފުލުހުން ބުނީ، އިއްޔެ ހެނދުނު 7:30 ން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި120 މީހަކަށް ނަސޭހަތުގެ މެސެޖް ފޮނުވާފައިވާނެ ކަމަށެވެ.

ފުލުހުން މެސެޖް ފޮނުވަނީ އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ މީހާކެ މޯބައިލް ނަންބަރަށެވެ

ފުލުހުން ފޮނުވާ މެސެޖުގައި، ގަވާއިދާ ހިލާފަށް ދުއްވި ތާރީހާއި ގަޑި އެނގެން އިންނާނެ ކަމަށާއި، ނަމަވެސް އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް