އަތޮޅުތެރޭގެ ބަހުގެ ހިދުމަތުގައި ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަތޮޅުތެރޭގެ ޢާއްމު ބަހުގެ ޚިދުމަތުގައި ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީއިން ހަމަޖައްސައިފިއެވެ. އ...

16 Oct 2023 | 10:25

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަތޮޅުތެރޭގެ ޢާއްމު ބަހުގެ ޚިދުމަތުގައި ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީއިން ހަމަޖައްސައިފިއެވެ.

އެގޮތުން އައްޑޫ ސިޓީ، ފުވަށްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ.ދިއްދޫ، ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ/ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ޚިދުމަތަށް މިހާރު މާސްޓަރކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަދި ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑެއްކަމުގައި ވީނަމަވެސް، އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރްޓީއެލް އަތޮޅުތެރޭގެ ޢާއްމު ބަހުގެ ޚިދުމަތުގެ ޓިކެޓް ނެގޭނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

އާރްޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ ޢާއްމު ބަހުގެ ޚިދުމަތުގައި "ފިކްސްޑް ފެއަރ" ރޫޓާއި "ޑިސްޓެންސް ފެއަރ" ރޫޓު ހިމެނެއެވެ. އެގޮތުން، "ފިކްސްޑް ފެއަރ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެކެވެ. އެހެންކަމުން، މި ރޫޓުން ދަތުރު ކުރާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރައްވަން ޖެހޭނީ ބަހަށް އަރާ އިރު އެކަންޏެވެ.

ނަމަވެސް "ޑިސްޓެންސް ފެއަރ" ރޫޓުގައި އަގު ކަނޑައަޅާފައިވަނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށެވެ.

އެހެންކަމުން އެ ރޫޓުގައި ދަތުރުކުރާ ކަސްޓަމަރުން ބަހަށް އަރާއިރު "ޓެޕް އިން" ކުރާ ގޮތަށް، ބަހުން ފައިބާވއިރު "ޓެޕް އައުޓްވެސް" ކުރަން ޖެހެއެވެ.

އަދި "ޑިސްޓެންސް ފެއަރ" ރޫޓެއްގައި ދަތުރު ކުރާއިރު "ޓެޕް އައުޓް" ކުރަން ހަނދާން ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

"ފިކްސް ފެއަރ" އަދި "ޑިސްޓެންސް ފެއަރ" ރޫޓުތަކުގެ ތަފްސީލާއި މި ރޫޓުތަކަށް ކަނޑައަޅާފައިވާ އަގުތައް:-

"ފިކްސްޑް ފެއަރ" ރޫޓުތައް:

# ރޫޓުގެ ތަފްސީލު އަގު (ރުފިޔާ(

1 ލ.އިސްދޫ – ކަލައިދޫ 05.00

2 ސ.ހުޅުމީދޫ 05.00

3 ޏ. ފުވައްމުލަށް 05.00

4 ހއ. ދިއްދޫ 05.00

"ޑިސްޓެންސް ފެއަރ" ރޫޓުތައް:

އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެކުމުން ހިލޭ މި ހިދުމަތް ލިބޭނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ(  އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް:-

ހޮޓްލައިން: 1650

އީމެއިލް:  mv.com.mtcc@info

ވެބްސައިޓް: mv.com.mtcc.www

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް