ފުވައްމުލަކު ކުނިގޮނޑުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

ޏ.ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނ...

16 Oct 2023 | 09:18

ޏ.ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނާ ގޮތުގައި ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް މިއަދު ހެނދުނު 7:44 ހާއިރު އަލިފާނުގެ ހަބަރު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ކުނިގޮނޑުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތުގައި، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނާއި ފުވައްމުލަކު ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި އަލިފާނުގެ ހާދިސާ ވަނީ އިތުރުވެފައެވެ. އެގޮތުން މިކަމަށް އެންމެންވެސް ސަމާލުވުން މުހިންމުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް