ދިރާގުން އައި.އޭ.ސީ މޯލްޑިވްސްއާއި ގުޅިގެން ގާޒާ އިމަރޖެންސީ ރިލީފްއަށް ޑޮނޭޓްކޮށްފި

ދިރާގުން ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) މޯލްޑިވްސްއާއެކު މަސައްކަތް ފަށައިފިއެވެ. އެގޮތުން އެ ކުންފުނިންވަނީ ދިރާގ...

16 Oct 2023 | 09:00

ދިރާގުން ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) މޯލްޑިވްސްއާއެކު މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެ ކުންފުނިންވަނީ ދިރާގު ޕޭ ޕްލެޓްފޯމުގައި ޑިޖިޓަލް ވޮލެޓެއް ހުޅުވާ ކުންފުނީގެ ފަރާތުން 100،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން މި ވޮލެޓަކީ އާންމުނަށްވެސް ޑޮނޭޓްކުރުމަށް ހުޅުވާލާފައިވާ ވޮލެޓެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.

ކިއު.އާރް ކޯޑް ސްކޭންކޮށްލައިގެން ނުވަތަ ދިރާގުޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން މި ފަންޑަށް ފަސޭހަކަމާއެކު ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އަދި ދިރާގުން ވަނީ ދިރާގު ޕޭ އެޕްއަށް ވަނުމަށް https://dhiraagu.com.mv/dhiraagupay މި ލިންކް ފޯރުކޮށްދީފައެވެ.

މި ވޮލެޓަށް ހަދިޔާކުރެވޭ ހުރިހާ ފައިސާއެއްވެސް ދާނި ފަލަސްތީނުގައި އައި.އޭ.ސީއިން ކުރިއަށްގެންދާ އިންސާނީ މަސައްކަތަށް އެހީތެރިވުމަށް ކަމަށް ދިރާގުން ފާހަގަކުރައްވައެވެ.

ދިރާގުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު އަދި މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް