މާލޭ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ރެޑްވޭވް ޕްލާޒާ ކައިރީ (ޝެޑީ ކެބިން ކައިރި) ހުރި ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:40 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް