އައިޖީއެމްއެޗްއިން ބޭރުގެ ކުންފުންޏަކަށް ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތެރޭގައި ގާއިމު ކުރެވިފައިވާ ދެ ސެންޓަރަކުން ބޭރުގެ ކުންފުންޏަކަށް އައުޓްސްޓޭންޑިންގް ބިލްގެ ގޮތުގައި ނުދައްކާ 5.3 ބިލިއަން ޑޮލަރުގެ ބިލްތަކެއް...

16 Oct 2023 | 06:34

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތެރޭގައި ގާއިމު ކުރެވިފައިވާ ދެ ސެންޓަރަކުން ބޭރުގެ ކުންފުންޏަކަށް އައުޓްސްޓޭންޑިންގް ބިލްގެ ގޮތުގައި ނުދައްކާ 5.3 ބިލިއަން ޑޮލަރުގެ ބިލްތަކެއް އެބަހުރި ކަމަށް އިންތިގާލީ މަރުހަލާގެ ތަރިޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ، އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާމެދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ފިރުޒުލް ވިދާޅުވީ، ބޭރުގެ އެކިއެކި ކުންފުނިތަކާ ގުޅިގެން، އައިޖީއެމްއެޗްގެ ބައެއް ސެންޓަރުތަކަށް ހިދުމަތް ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން ހިތުގެ ބަލީގެ ސެންޓަރާއި ނާވް ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ނުދައްކާ ހުރި އައުޓްސްޓޭންޑިންގް ބިލްތަކެއް ވާކަން ފާހަގަ ކުރެވިފައި ވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެގޮތުން އެފަދަ ބިލްތަކަށް ނުދައްކާ 5.3 މިލިއަން ޑޮލަރު ވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭގެ ތެރޭގައިވެސް ހިމެނެނީ އެ ކުންފުނިތަކުން ފޯރުކޮށްދީފައިވާ އެކިއެކި ވަސީލަތްތައް ނުވަތަ ސާމާނާ ގުޅޭ ބިލްތައް ކަމަށް ފިރުޒުލް ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި ހިތުގެ ފަރުވާއަށް ބޭނުންކުރާ ސްޓަންޓް، ބެލޫން،ގެ އިތުރުން އެންޖިއޯގްރާމް ހެދުމަށް ބޭނުންކުރާ ވަސީލަތްތައް ހިމެނޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ބިލްތައް ނުދައްކާ ހުރުމުގެ ސަބަބުން އެ ސެންޓަރުތަކުގެ ހިދުމަތް ހުއްޓުމަކަށް އަހިސްދާނެތީ ކަންބޮޑުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް