ހަމާސްގެ އަމަލުތަކަކީ ފަލަސްތީނު ރައްޔިތުން ރަމްޒުކޮށްދޭ އަމަލުތަކެއް ނޫން: ފަލަސްތީނުގެ ރައީސް

ހަމާސް ޖަމާއަތުގެ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުން ރަމްޒުކޮށްދޭ އަމަލުތަކެއް ނޫންކަމުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް ...

16 Oct 2023 | 02:10

ހަމާސް ޖަމާއަތުގެ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުން ރަމްޒުކޮށްދޭ އަމަލުތަކެއް ނޫންކަމުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާއެކު ކުރިއަށްގެންދެވި ފޯނު މަޝްވަރާތަކެއްގައެވެ.

އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ރަމްޒުކޮށްދޭ އުސޫލުތަކާއި ހަމަތަކަކީ ފަލަސްތީނު ލިބަރަލް އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ހަމަތަކާއި އުސޫލުތައް ކަމަށެވެ. އެހެން އެއްވެސް ބައެއްގެ ހަމަތަކާއި އުސޫލުތަކަކީ އެ ގައުމުގެ ރައްޔިތުން ރަމްޒުކޮށްދޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު އިޒްރޭލުން ހަމަލާތައް ދެމުން އަންނަ ގާޒާ ހިންގަމުން އަންނަނީ ހަމާސް ސަރުކާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް