ރ. މަޑުއްވަރީ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރ. އަތޮޅު މަޑުއްވަރީގެ ރެސްޓޯރެންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ މައުލޫމާތު ދުވަހަށް ހިއްސާކުރި ފަރާތަކުން ބުނީ އެ ތަނަކީ ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ ތަނެއް ކ...

16 Oct 2023 | 01:03

ރ. އަތޮޅު މަޑުއްވަރީގެ ރެސްޓޯރެންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ދުވަހަށް ހިއްސާކުރި ފަރާތަކުން ބުނީ އެ ތަނަކީ ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ ތަނެއް ކަމަށާއި ހިންގާ ފަރާތާއި ބިމުގެ ވެރިފަރާތާއި މައްސަލަޖެހިގެން މިހާރު އޮޕަރޭޝަންސް ހުއްޓާލިތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.

"ބެލެވެނީ ފަތިސް ނަމާދުގެ ކުރިން ގަސްތުގައި ބަޔަކު/މީހަކު ރޯކޮށްލާފައި ހުރީ ކަމަށް" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

އޭނާ ބުނީ އަލިފާނުގެ އެ ހާދިސާ، އެ ރަށުގައި ގާއިމްވެތިބޭ ފުލުހުންނާއި ރަށު ކައުންސިލާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން މިހާރު ނިއްވާލެވިފައިވާކަމަށާއި ތަނަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް