އަންހެނަކަށް އަނިޔާއެއް ނުކުރަން، އެމީހާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅީ!

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި އަންހެނަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގައި ވައްކަމާއި މަސްތުވާތަކެތި...

16 Oct 2022 | 18:47

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި އަންހެނަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން،އޮކްޓޯބަރ 14 ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މަގުމަތިން 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން މަސްތުވެގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލު ކުރި ކަމަށެވެ.

ފުލުހުން އޭނާއާ ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު ވަނީ ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުން ހުއްޓުވި 37 އަހަރުގެ މީހާއާ ފުލުހުންގެ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް މަސައްކަތްކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އންހެން މީހާ ވަނީ އިތުރު އަންހެނަކާއެކު ފޮލިސް ސްޓޭޝަނަށް ވަދެ، އެ ޕިރިހެންމީހާ ދޫކޮށްލުމަށް ބުނެ އަޑުގަދަކޮށް ޕޮލިސް ސްޓޭން ތެރޭގައި މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަމަލު ހުއްޓާލައި ސުލްހަވެރިކަމާއިއެކު ޕޮލިސް ސްޓޭޝަނުން ނުކުތުމަށް ފުލުހުން އެ ދެ އަންހެނުންނަށް އެނގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން، ސްޓޭޝަނުން އެ މީހުން ނެރުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށާއި މިކަމުގެ ތެރެއިން އަންހެން ދެ ފލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް