ރައީސް ސޯލިހާ ވާހަކަދައްކަން ދެން ބޭނުމެއް ނޫން: ރައީސް ނަޝީދު

ރައީސް ސޯލިހާއި ވާހަކަދައްކަން ދެން ބޭނުން ނުވާކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނަށް ރައީސް ދެއްވާ ފަރީއްކޮޅަކަށް އަރުވާ ދައު...

16 Oct 2022 | 16:22

ރައީސް ސޯލިހާއި ވާހަކަދައްކަން ދެން ބޭނުން ނުވާކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނަށް ރައީސް ދެއްވާ ފަރީއްކޮޅަކަށް އަރުވާ ދައުވަތު ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މެންބަރަކު ފޮނުވުމުން އެކަމަށް ރައްދުދެއްވައި ފޮނުއްވެވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ އޭނާއާއި ވާހަކަދައްކަވާ އެކީ ކަންކަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާވެސް ބޭނުން ނޫންކަމަށެވެ.

"ވީމާ އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މާލޭގައި ހުންނެވި ނަމަވެސް ނުދާނޭކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް