އިންޑިއާ ފުލުހުންގެ ކުއްތާއެއް، 48 ގަޑިއިރު ތެރޭގައި މަރުގެ މައްސަލައެއް ހަގީގަތް ހޯދައިފި

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ފުލުހުންގެ ކުއްތާ ސްކޮޑުން48 ގަޑިއިރު ތެރޭގައި މަރުގެ މައްސަލައެއްގެ ހަގީގަތް ހޯދައިފި އެވެ. ފުލުހުން ތަހުގީގު ކުރަން ފެށީ އުމުރުން15 އަހަރުގެ ކުޑަ ކުއްޖަކު ރަހުމް ކުޑަގ...

16 Oct 2022 | 14:58

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ފުލުހުންގެ ކުއްތާ ސްކޮޑުން48 ގަޑިއިރު ތެރޭގައި މަރުގެ މައްސަލައެއްގެ ހަގީގަތް ހޯދައިފި އެވެ.

ފުލުހުން ތަހުގީގު ކުރަން ފެށީ އުމުރުން15 އަހަރުގެ ކުޑަ ކުއްޖަކު ރަހުމް ކުޑަގޮތަށް މަރާލި މައްސަލަ އެކެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސްޓޭޓްގެ ކަސްޖަންގް ސިޓީގައި އެވެ.

ދުރްގޭޝް ކިޔާ އެ ކުއްޖާ ގެއްލުނީ އެ ސިޓީގައި އޭނާ ދިރިއުޅޭ އަވަށްކަމަށްވާ ނޫޕޫރުން ކައިރީގައި އޮތް އަވަށަކަށް ހަނޑޫ މުގުރާ ދައްޗެއް ހަރުކޮށްފައި އިން ޓްރަކްޓަރެއްގައި ދަނިކޮށެވެ. ކުއްޖާ ފެނުނީ ގެންގުޅުނު އެއްޗެހި ލޫޓުވައި، ފޭރިގަނެ މަރާލާފަ އޮއްވަ އެވެ.

ޔޫޕީ ފުލުހުން ބުނީ އެ މަރުގެ ހަގީގަތް ހޯދީ ކުއްތާ ސްކޮޑްގައި ގެންގުޅޭ ޖޯނީ ކިޔާ ކުއްތާއެއް ކަމަށެވެ. އެ ކުއްތާ ވަނީ ދުރްގޭޝްގެ މަރުވެފައިވާ ހަށިގަނޑުން ގިނަ އިރުތަކެއް ވަންދެން ވަސް ބެލުމަށް ފަހު، ކަރުގައި އޮޅާފައި ވާގަނޑު ހިފައިގެން އެ މައްސަލައިގަ ހައްޔަރު ކުރި ތިން މީހުންގެ އަވަށަށް ގޮސް އެ ގެތަކަށްވެސް ގޮސްފައި އެވެ.

އަދި އެ ޓްރަކްޓަރު ފޮރުވާފައި އޮތްތަނަށް ފުލުހުން ދިއުމަށްވެސް ކުއްތާ މަގު ދައްކައި ދީފައިވެ އެވެ. ކުއްތާގެ އެހީގައި ފުލުހުން ވަނީ އެ ފިރިހެން ކުއްޖާ އަތުން ލޫޓުވި 1،300 އެއްހާ އިންޑިއަން ރުޕީސް އާއި އޭނާގެ ފޯނުވެސް ހޯދާފައި އެވެ.

ޔޫޕީ ފުލުހުން ބުނީ މުޅި ތަހުގީގައި އެމީހުން ބަލާ ފާސްކޮށް ދިޔައީ ކުއްތާ ދެމުންދިޔަ އިޝާރާތްތަކާއި އެއްގޮތަށް ކަމުން މި ތަހުގީގުގައި ހުރިހާ ޝުކުރެއް ހައްގު ވަނީ ޖޯނީއަށް ކަމަށެވެ. ޖޯނީ ކުރި މަސައްކަތަށް ޔޫޕީ ފުލުހުންގެ ޑޯގް ސްކޮޑު ބަލަހައްޓާ ފުލުހުންގެ ޑިޕާޓްމެންޓަށް އިނާމުގެ ގޮތުގައި25،000 ރުޕީސް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް