ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ރޭގައި ދެއްކެވި ވާހަކަފުޅަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ހޫނު ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރު ސަމީރު ރައްދު ދެއްވީ ވެރިކަން ލިބިއްޖެނަމަ އަސްލު ވަގުންނަކީ ކޮބައިކަން ހާމަކުރައްވާނެކަމުގައި ރައީސް ޔާމީން ރޭގައި ވިދާޅުވި ބަސްފުޅަށެވެ.
އެ ބަސްފުޅަށް ރައްދުދެއްވަމުން މިނިސްޓަރު ސަމީރު ވިދާޅުވީ ވަގުން ހޯދުމުގެ ފުރުސަތު ވެރިކަގައި ލިބިލެއްވި ކަމަށާއި އެ ފުރުސަތުގައި އެކަން ނުކުރެވުނު މީހަކަށް އަލަކުން ކުރެވޭނެކަމެއް ނޯންނާނެކަމަށެވެ.
"ތިމާގެ ކޮނޑުގައި އޮތް ފުރޯ ވަލުން ހޯއްދަވަން ނޫޅުއްވާ" ވަގަކީ ކާކުކަން ދިވެހިންނަށް އެނގޭކަން ސިފަކުރައްވައި ސަމީރު ވިދާޅުވިއެވެ.
https://twitter.com/meeraazu/status/1581645991828070400
ސަމީރު މިހެން ވިދާޅުވެފައިވާއިރު ވައްކަމާއި ރައީސް ޔާމީން އާއި ގުޅުވައި އެތައް ވާހަކަތަކެއް މިހާރުވެސް ހޫނުކަމާއެކު ސޯޝަލް މީޑިއާގައި ދެކެވެމުން ދެއެވެ. އެގޮތުން އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ މާލޭގެ އެންމެ ޕްރައިމް ސްލޮޓަކުން ބިމެއް ބައްލަވައިގަނެ އެ ބިމުގައި ބުރި ބުރިއަށް ގަނޑުވަރެއް ބިނާ އެ ކުރައްވަނީ ހަމަ ރައީސްކަން ކުރައްވައިގެން ލިބުނު ފައިސާއިންތޯ، ސުވާލު އުފައްދައި ދެކެވޭ ވާހަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް