އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރްޕްރަދޭޝްގެ ސްކޫލް ބަހެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ އެވެ.
އެ ބަހަކީ އެ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ރައިބަރޭލީގެ ރަޔަން ޕަބްލިކް ސްކޫލްގެ ބަހެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ބިޔަ ބޮޑު ހަރުފަ ފެނުނީ ބަހުގެ ގޮނޑިތައް ދަށުގައި ފިލާ އޮއްވަ އެވެ.
އެކަން ރިޕޯޓު ކުރުމުން އުއްތަރްޕްރަދޭޝްގެ ފުލުހުންނާއި ފޮރެސްޓް ޑީޕާޓްމެންޓުގެ އޮފިޝަލުން ވަނީ ރައްކާތެރި ކަމާއި އެކު ހަރުފަ ބަހުގެ ތެރެއިން ނެރެފަ އެވެ. ހަރުފަ ސްކޫލް ބަހެއްގެ ތެރެއިން ފެނުމަށް ވުރެ މީހުންގެ ސަމާލުކަން ހުއްޓުނީ އެ މުވައްޒަފުން ހަރުފަ ސަލާމަތް ކުރި ގޮތަށެވެ.
އެމީހުން އޭގައި ބޮޑު ވަލެއް ޖަހައި ވަރަށް ފަރުވާ ތެރިކަމާއި އެކު ދަމާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައި އެވެ. އަދި ވާ ޖަހާ ދަމަން ފެށުމުން ގޮނޑިތަކުގެ އަޑީ ބަޔަށް ދެމިގެންނަން މަސައްކަތް ކުރާތަން ފެނެ އެވެ.
https://twitter.com/Benarasiyaa/status/1581577750712037376
ރިޕޯޓުތައް ބުނާގޮތުގައި ހަރުފަ ފެނުނު އިރު ބަސް ޕާކުކޮށްފައި އޮތީ ޑްރަވަރު ނިސްބަތްވާ ވިލެޖު ކައިރީގައި އެވެ. ބަންދު ދުވަހަކަށް ވާތީ މިއަދު އެއްވެސް މީހަކު އެ ބަހަށް އަރާފައެއް ނުވެ އެވެ.
އޭގެ ތެރޭގައި ހަރުފައެއް އޮތްކަން އެނގުނީ ބަކަރިތަކެއް އަޑުގަދަ ކުރަމުން އ ބަސް ކައިރީ އުޅެނިކޮށް ބެލުމުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް