ކުއްޖަކަށް އަނިޔާވުމުން މާލޭގައި ހަލާކުވެފައި ހުރި ހުރިހާ ކާނެއް ބަދަލު ކުރަން ފަށައިފި

މާލޭ މަގުމަތީގައި ހަލާކުވެފައި ހުރި ހުރިހާ ކާނެއް ބަދަލު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ. މި މަސައްކަތް ފަށާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ކުޑަ ކުއްޖެއް ހަލާކުވެފައި ހުރި ކާނު ގަ...

16 Oct 2022 | 10:37

މާލޭ މަގުމަތީގައި ހަލާކުވެފައި ހުރި ހުރިހާ ކާނެއް ބަދަލު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މި މަސައްކަތް ފަށާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ކުޑަ ކުއްޖެއް ހަލާކުވެފައި ހުރި ކާނު ގަނޑެއްގެ ތެރެއަށް ވެއްޓި ބޮޑު އަނިޔާއެއް ލިބިފައި ވަނިކޮށޭވެ. އުުމުރުން ހަތަރު އަހަރުގެ އެ ކުއްޖާގެ ފައި ކާނުގަނޑަށް ވެއްޓުމުން ކަފައިގެން ގޮސްގެން ފަހަން ޖެހުނު ކަމަށްވެ އެވެ.

މި ހާދިސާ އާއި ގުޅިގެން އެ ދުވަހުން ފެށިގެން ސިޓީ ކައުންސިލުން ދަނީ ހަލާކުވެފައި ހުރި ކާނުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެ ގިނަ ބަޔަކު އާންމުކޮށް ދާން ޖެހޭ އާސަހަރާ މިސްކިތް މަގުގައި ހަލާކުވެފައި ހުރި ކާނުތައް ބަދަލު ކޮށްފައިވާ ކަމަށް ބުނެ އެވެ.

އަދި މިއަދު ވަނީ މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގެ ކާނުތައް ސާފުކޮށް ހަލާކުވެފައިވާ ކާނުތައް ބަދަލު ކޮށްފައި އެވެ. މީގެ އިތުރުން މި މަސައްކަތުގެ ދަށުން އަމީރު އަހުމަދު މަގުގައި މަޖީދިއްޔާ ސްކޫލް ކައިރިން ގަނބާފައިވާ ތަންވެސް ރަނގަޅު ކޮށްފައިވެ އެވެ.

ކުއްޖާ ވެއްޓުނު ހާދިސާއަށް ފަހު މި މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ގެންދާއިރު ސޯސަންމަގުގައި އާއި ބޮޑުތަކުރުފާނު މަގުގައިވެސް މި މަސައްކަތް ވަނީ ކޮށްފައި އެވެ.

https://twitter.com/MaleCitymv/status/1581215385990230016

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް