ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ތިރީގައި...

16 Oct 2022 | 10:16

 ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ތިރީގައިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ބޭންކުން ބުނީ އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމޭއިރު، 50 ފަރާތަކަށް 2،500 ރުފިޔާ ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 16 އޮކްޓޯބަރު އިން ފެށިގެން 16 ނޮވެމްބަރު 2022 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ގައި ހުންނާނެ އެވެ.

މީގެ އިތުރުން 29 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިފައި ހުންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް