މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ހެންވޭރު މިރާޒު ނަމަކަށް ކިޔާ ގޭގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑޯއެފް ފަޔަރ އެންޑް ރެސްކިއު ޓީމު ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން ރިޕޯޓު ކުރީ މެންދުރު2:45 ހާއިރު ކަމަށެވެ. ސިފައިން ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު3:00 ހާއިރު ނިއްވާލެވިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި ހާދިސާގައި އަލިފާން ރޯވީ ގުދަނެއްގައި އެވެ. އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް