ބަލިވެ އިނުމުން ކައިވެނި ކުރި ބޮލީވުޑް ތަރިންގެ ލިސްޓަށް އެންމެ ފަހުން އާލިއާ އަރުވައިފި!

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތަކުގައި މި އަހަރު އެންމެ ގިނައިން ހުންނަނީ އާލިއާ ބަޓުގެ ވާހަކަ އެވެ. މުޅިންވެސް އޭނާ މޮޅު ކަމާއި އޯގާތެރި ކަމާއި އާލިއާއަށް ދިމާވާ އުފާވެރި ކަންކަމެވެ. ދެކޮޅު ހަމ...

16 Oct 2022 | 08:34

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތަކުގައި މި އަހަރު އެންމެ ގިނައިން ހުންނަނީ އާލިއާ ބަޓުގެ ވާހަކަ އެވެ.

މުޅިންވެސް އޭނާ މޮޅު ކަމާއި އޯގާތެރި ކަމާއި އާލިއާއަށް ދިމާވާ އުފާވެރި ކަންކަމެވެ. ދެކޮޅު ހަމަ އެއްވެސް ވާހަކަ އެއް ނުހުރެ އެވެ. ހާއްސަކޮށް ރަންބީރު ކަޕޫރާއި ދެމީހުން ކައިވެނިކޮށް، ބަލިވެ އިންފަަހުން، އާލިއާގެ ވާހަކަ ނޫނީ ނުދައްކަ އެވެ.

އެކަމަކު އާލިއާ ބަލިވެ އިނުމާއި އެކު ގިނަ ބަޔަކު ހިތުގައި ބޭއްވި ސުވާލު ފަޅައިގެން ގޮސް މިހާރު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެ ވާހަކަ ދަނީ ދައްކަމުންނެވެ. އެ ވާހަކަ އަކީ އާލިއާ ކައިވެނި ކުރީ ބަލިވެ އިނުމުންނެވެ ނުވަތަ އާލިއާ ބަލިވެ އިނީ ކައިވެނީގެ ކުރިން ކަމަށް ބުނެ ދައްކާ ވާހަކަ އެވެ.

ރަންބީރާއި އާލިއާ ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު އެވެ. އޭނާ ބަނޑުބޮޑުކަން ހާމަ ކުރީ ޖޫން މަހު އެވެ. މައްސަލައަކަށް ވީ އޭނާ ވިހާނެ ކަމަށް ލަފާކޮށް ހާމަ ކުރި ތާރީހެވެ.

އާލިއާ ވިހާނެ ކަމަށް ލަފާ ކޮށްފައިވަނީ ޑިސެމްބަރު ފަހުކޮޅު އެވެ. ޖޫންގައި ބަނޑުބޮޑުކަން އިއުލާނު ކުރި މީހެއްގެ ޑިއުޑޭޓަށް ވާނީ އަންނަ އަހަރުގެ ފެބްރުއަރީ އެވެ. ޑިސެމްބަރު މަހު އާލިއާގެ ބަނޑަށް ވާނީ ހަތް މަހެވެ. ޑިއު ޑޭޓު ގުނާނީ ނުވަވަހާއި ނުވަ ދުވަހަށް ކަމުން ގިނަ ބަޔަކު ދަނީ އާލިއާ ކައިވެނީގެ ކުރިން ބަނޑުބޮޑުވެފައިވާ ކަމަށް ބުނެފައި އެވެ.

އިންޑިއާގެ ސަގާފަތުގައިވެސް ކައިވެނީގެ ކުރިން ބަލިވެ އިނުމަކީ ބަލައިގެންނަ ކަމެއް ނޫނެވެ.

މިވާހަކަ މާ ގިނައިން ދައްކަން ފެށުމުން އާލިއާގެ ދައްތަ ޝަހީން ބަޓް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފައި އެވެ. އޭނާ ބުނީ ޑިއުޑޭޓާއި ކައިވެނީގެ ކުރިން ބަލިވެ އިންކަން އެނގޭނީ ރަންބީރާއި އާލިއާއަށް ކަމަށެވެ. އެހެން މީހުން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

އެ ލިސްޓަށް ދިޔާ މިރުޒާވެސް އެރި އެވެ. ފާޑުކިޔުންތަކާއި ގުޅިގެން އެންމެ ފަހުން އޭނާ ވަނީ ކައިވެނި ކުރީ ބަނޑުބޮޑުވުމުން ކަމަށް ބުނެފައި އެވެ.

މީގެ އިތުރުން މިހާރު އިންޑިއާ ތަރިންގެ އެ ލިސްޓަށް އަރައިގެން އުޅެނީ ސައުތް އިންޑިއާގެ އެންމެ މަޝްހޫރު ޖޯޑު ކަމަށްވާ ވިގްނޭޝް ޝިވަން އާއި ނަޔަންތަރާގެ ދެމަފިރިންނެވެ. މިދިޔަ ހަފްތާގައި އެމީހުންނަށް ސަރޮގޭޓް ކޮށްގެން އެއްމާބަނޑު ދެކުދިން ލިބުނު ކަން އިއުލާނު ކުރި އިރު އަދި ކައިވެންޏަށް ހަތަރު މަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް