އައިޑީ ކާޑު ފަރުމާކުރަން ހުޅުވާލި ހުޅުވާލުން ބާތިލުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ނޭޝަނަލް އައިޑެންޓިޓީ ކާޑު ފަރުމާކޮށްދޭން ކުރި އިއުލާނު ބާތިލުކޮށްފިއެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދުކޮށްފައިވާ އިއުލާނ...

16 Oct 2022 | 08:03

ދިވެހި ރައްޔިތެއްކަން އަންގައިދޭ ނޭޝަނަލް އައިޑެންޓިޓީ ކާޑު ފަރުމާކޮށްދޭން ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

އެގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިޑީ ކާޑު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން މި އަހަރުގެ ޖޫންމަހުގައި ކޮށްފައިވާ އިއުލާނު ބާތިލުކޮށްފައިވާކަމަށެވެ.

"މައުލޫމާތު ފުރިހަމަކޮށް، މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ" ޑީއެންއާރުން ބުނެފައިވެއެވެ.

ޑީއެންއާރުން އައިޑީ ކާޑު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން މި އަހަރުގެ ޖޫންމަހު އިއުލާނުކުރުމުން އެކަމާ، ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި އެކަން އެގޮތަށް ކުރަން އުޅެނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަންކަމުގައި އެ ފަރާތްތަކުން އޭރު ސިފަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް