ޕޭމަންޓް ގޭޓްވޭ އަދި ބީއެމްއެލް އިން ދޫކުރާ ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުންދާތީވެ، ބީއެމްއެލް އިން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭން ބޭރުގެ ބައެއް އީކޮމާރސް މަރޗެންޓްގައި ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެކަމުގައި އެ ބޭންކުން ބުނެފިއެވެ.
އެގޮތުން ބީއެމްއެލްއިން ބުނެފައިވަނީ އަޕްގްރޭޑް މަސައްކަތް ހިނގަމުންދިޔަނަމަވެސް ކަސްޓަމަރުންނަށް، ރާއްޖޭން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްގައި ވިސާ ކާޑު ބޭނުންކުރެވޭނެކަމަށެވެ.
"މި އަޕްގްރޭޑް މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ހިދުމަތް އަލުން ފެށުމަށް މިދަނީ މަސައްކަތްކުރަމުން، އަދި އަޕްގްރޭޑް ނިމުމުން ބޭންކުން ކަސްޓަމަރުންނަށް އަންގާނެ" ބީއެމްއެލްއިން ބުނެފައިވެއެވެ.
އެ ބޭންކުން އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށާއި އަދި ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް