ފީފާ ވޯލްޑްކަޕް ގަތަރު 2022، މީޑިއާނެޓް އައިސް ޓީވީ އަދި ރާއްޖެ ޓީވީ ކަވަރޭޖް ޓައިޓަލް ޕާޓްނަރަކަށް އުރީދޫ

މީޑިއާނެޓްއިން މިއަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާއި ގުޅިގެން ފީފާ ވޯލްޑްކަޕް ގަތަރް 2022 ބެލުންތެރިންނަށް ގެނެސްދިނުމަށްވަނީ ހަމަ ޖެހިފައިވާއިރު މިއަހަރުގެ ކަވަރެޖް ޓައިޓަލް ޕާޓްނަރަކަށް އުރީދޫ...

16 Oct 2022 | 07:31

މީޑިއާނެޓްއިން މިއަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާއި ގުޅިގެން ފީފާ ވޯލްޑްކަޕް ގަތަރް 2022 ބެލުންތެރިންނަށް ގެނެސްދިނުމަށްވަނީ ހަމަ ޖެހިފައިވާއިރު މިއަހަރުގެ ކަވަރެޖް ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.

މިކަމަށްޓަކައި އިއްޔެ ސޮލައިޓް ރެސްޓޯރެންޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

ފީފާ ވޯލްޑް ކަޕް ގަތަރް 2022 ގެ ކަވަރެޖް ޓައިޓަލް ޕާޓްނަރއެއްގޮތުގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އުރީދޫގެ ސީއީއޯ އަދި އެމްޑީ ޙާލިދް އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒްއެވެ. މީޑިއާނެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ މީޑިއާނެޓްގެ ސީއީއޯ އަދި އެމްޑީ އަހްމަދް ޝަފީއު އަދި ސީއޯއޯ އަހްމަދް ނަބާހްއެވެ.

މިއާއެކު އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުންވެސް ވަނީ މިހަފްލާގައި އުރީދޫއާއި އެކު އެއްބަސްވުމުގަ ސޮއި ކޮއްފައެވެ.

އެއްބަސް ވުމަށްފަހުގައި ވާހަކަފުޅު ދައްކަވަމުން ޙާލިދް ވިދާޅުވީ، ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ޙައްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަށާއި ހަމަ އެގޮތުން އުރީދޫ ގްރޫޕާއިވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަރެއް ކަމުގައި ވިދާޅުވިއެވެ.

"މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕަރޓަނަރޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމާބެހޭ ގޮތުން މީޑިއާނެޓްއިން ނަބާހް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ތާރީހުގައިވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލް ތަކަކުން ފެނިގެންދާނެކަމަށެވެ. މިގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެނިގެންދާނީ އައިސް ޕްލަސްއަދި ރާއްޖެ ޓީވީއިންކަމަށާއި އަދި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓްއަށްވެސް ލިބިގެންދާ ޝަރަފެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރުގައެވެ. މީގެ އިތުރުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ރޭވިފައިވާކަމުގައި މީޑިއާނެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް