ހެޔޮބަދަލުގެ ވާހަކަދެއްކުމަށް ފަސްޖެހުމަކީ އަޅުވެތިކަމުގެ ފެށުމެއް: މޭޖަރ ރިޓެއަރޑް އާޒިމް

ޤައުމުގެ ތަރައްޤީއަށް ޒުވާނުން ބާރުވެރިކުރެވެނީ ދީނާއި ޤައުމުދެކެ ލޯބީވާން ދަސްކޮށްދެވިގެން ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ. އޭނާގެ ފޭސްބުކް ގައި ލިޔުއްވަމުން ގެންދަވާ "ވަތަ...

16 Oct 2022 | 06:10

ޤައުމުގެ ތަރައްޤީއަށް ޒުވާނުން ބާރުވެރިކުރެވެނީ ދީނާއި ޤައުމުދެކެ ލޯބީވާން ދަސްކޮށްދެވިގެން ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާގެ ފޭސްބުކް ގައި ލިޔުއްވަމުން ގެންދަވާ "ވަތަން" ޝުއޫރުގައި އާޒިމް ވިދާޅުވެފައި ވަނީ ކުށްކުރުމުން ޒުވާނުން ދުރުކުރުމަށް ވިސްނާދީ މަގުދައްކާ އެހީތެރިވެދީގެން ކަމަށެވެ. އަދި ޒުވާނުންގެ ހުރިކަންބޮޑުންތަކާއި ޙަޤީޤީ މައްސަލަތައް ދެގަނެވިގެން ކަމަށެވެ.

މީގެ އިތުރުން ޒުވާނުންގެ އަހުލާޤު ރަނގަޅު ކޮށްދެނީ ފައިސާއިން ނޫންކަން ބުނެދިނުން މުހިންމު ކަމަށާއި ފައިސާއެހީތެރިވަނީ ދިރިއުޅުމުގެ ހާލަތުބަަދަލުކޮށްދީ ހައްލުކޮށްދިނުމަށްކަން ވިސްނައިދިނުން ބޭނުންތެރި ކަމަށް ވެސް ބުނެފައި ވެއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެހެންކަމުން ވަޒީފާއިން އާންމުދަނީ ހޯދުމާއި އެޒުވާނެއްގެ ކިބައިގައިވާ ހުރި ހުނަރެއްބޭނުން ކޮށްގެން ދިރިއުޅުން ބިނާކުރުމުން ހިތްވަރުދީ މަގުދައްކާދީގެން ޒުވާނުން ބާރުވެރިކުރެވޭނެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ޤައުމީ ޒިންމާ އޮތީ ބަސްމަދުކޮށްގެން ތިބޭކަށް ނޫން ކަމަށެވެ.

އަޅުގަނޑުމެންގެ ޤައުމީ ޒިންމާ އޮތީ ބަސްމަދުކޮށްގެން ތިބޭކަށް ނޫން ކަމަށާއި ފާޅުގައި އުނިކަންކަމުގެ ވާހަކަދެއްކުމަށް ކަމަށް ވެސް އާޒިމް ވިދާޅުވެފައި ވެއެވެ. އަދި ހެޔޮބަދަލުގެ ވާހަކަދެއްކުމަށް ފަސްޖެހުމަކީ އަޅުވެތިކަމުގެ ފެށުމެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ޤައުމަށް ހެޔޮބަދަލު ގެނައުމަށް ތިބޭފުޅުންނާއި އެކު އަޅުގަނޑުވެސް އެބަހުރީމެވެ. ކުރިއަށްދެވެނީ ގުޅިގެންނެވެ." ނިންމަވާލައްވަމުން އާޒިމް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް