މާފަރު އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭ...

16 Oct 2022 | 05:59

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އެވެ.

މި ބައްދަލުވުމުގައި އޭޑީއެފްޑީއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާގެ ތެރެއިން ސާއިފް އަލް ސުވައިދީ ވަނީ މާފަރު އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭޑީއެފްޑީން ރާއްޖެއަށް މިހާތަނަށް ވެފައިވާ އެހީއަށާއި ރާއްޖޭގެ ތަރައްގީއަށް ޔޫއޭއީގެ ސަރުކާރުން ވަމުންދާ އެހީތަކަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

https://twitter.com/abdulla_shahid/status/1581310144616353792?s=20&t=y0RvUwE6ld7DdwpieW8RZg

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.

އެ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކުގައެވެ. ދެވަނަ ފިޔަވަހީގެ ދަށުން މާފަރު އެއާޕޯޓްގައި ބޮއިންގެ 777 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭ ވަރަށް ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް