މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް 35،861 ފޯމް ހުށަހަޅައިފި

މި ސަރުކާރުގެ ފުރަތަމަ ބޯކިޔާވަހިކަމުގެ މަޝްރޫއުއަށް މުއްދަތު ހަމަވި އިރު35،861 ފޯމް ހުށަހަޅާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފި އެވެ. މިދިޔަ ޖޫން މަހުގެ26 ވަނަ ދުވަހު ފޯމް ހުށަ...

16 Oct 2022 | 05:12

މި ސަރުކާރުގެ ފުރަތަމަ ބޯކިޔާވަހިކަމުގެ މަޝްރޫއުއަށް މުއްދަތު ހަމަވި އިރު35،861 ފޯމް ހުށަހަޅާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ޖޫން މަހުގެ26 ވަނަ ދުވަހު ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވީ އިއްޔެ އެވެ. މި މަޝްރޫއުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި މާލޭ މީހުން ހިމެނޭހެން މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށް ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓު ދޫކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވައުދުގެ ދަށުން ފަރުމާކުރެވުނު "ގެދޮރުވެރިން ޕޯޓަލް" އަށް، ތަކުލީފަކާއި ނުލައި ރައްޔިތުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ސުންގަޑި ހަމަވި އިރު35،861 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 15،164 ފޯމަކީ ގޯއްޗަށް އެދި މާލޭ ރައްޔިތުން ހުށަހަޅާފައިވާ ފޯމެވެ.

"ގެދޮރުވެރިޔާ" މަޝްރޫއުން ފްލެޓް ހޯދުމަށް 20،697 ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން14،489 ފޯމަކީ ތިން ކޮޓަރިއަށް އެދިފައިވާ މީހުންނެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓުގެ ބަޔަށް ފޯމު ހުށަހަޅާފައިވަނީ6،208 މީީހުންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ވެރިފިކޭޝަން މަސައްކަތް ނިމޭނެ އެވެ.

މި މަޝްރޫއުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ3،000 ގޯއްޗެވެ. ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާނީ4،000 ފްލެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް