"ގުމް ހޭ ކިސީކޭ ޕިޔާރް މެއިން" ގައި ވިރާޓަށް ހަދާނެ ގޮތެއް ބޮޑުވެއްޖެ!

އިންޑިއާގެ މަޝްހޫރު ޓީވީ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރް މެއިން" ގެ ލީޑް އެކްޓަރު ނެއިލް ބަޓް (ވިރާޓް)ގެ ރޯލު ޝޯއިން ބޭރު ކުރަން މަޖުބޫރު ވެދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސްޓާ ޕްލަސްއިން 2020 ވަނ...

16 Oct 2022 | 04:45

އިންޑިއާގެ މަޝްހޫރު ޓީވީ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރް މެއިން" ގެ ލީޑް އެކްޓަރު ނެއިލް ބަޓް (ވިރާޓް)ގެ ރޯލު ޝޯއިން ބޭރު ކުރަން މަޖުބޫރު ވެދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސްޓާ ޕްލަސްއިން 2020 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ މި ސިލްސިލާ އަކީ ތިނެސްކަން ލޯބީގެ ޑްރާމާއެކެވެ. މިއީ މިހާރު ދައްކާ ހިންދީ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ މަޝްހޫރު ފަސް ސިލްސިލާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސިލްސިލާގެ ސަޕޯޓަރުން ރުޅިއަންނަނީ ވިރާޓް ދެކެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެ ޝޯގައި އޭނާގެ އަންހެނުންގެ ގޮތުގައި ފެނިގެންދާ އައެޝާ ސިންގް (ސައި) ގެ ފިރިމީހާގެ ގޮތުގައި ލީޑް ރޯލުން ވިރާޓް ފެންނަން މިހާރު ސަޕޯޓަރުން ބޭނުން ނުވަނީ އެވެ.

ގިނަ މީހުން ބޭނުން ވަނީ ސައިގެ ފިރިމީހާ ބަދަލު ކޮށްލައި އަދި ޑްރާމާގެ ފިރިހެން ލީޑްރޯލްގެ ބައި ސައިގެ ފިރިމީހާއަށް ދޭށެވެ. އެކަމަކު ވިރާޓް ރޯލަށް ހަދާނެ ގޮތެއް ނުވަތަ ޝޯއިން ބޭެރު ކުރަންވީ ކަމެއް ޑްރާމާގެ ހާއްސަ ސަޕޯޓަރުންނެއް ނުބުނެ އެވެ.

އިންޑިއާގައި މި ޝޯއަށް ވަފާތެރި ސަޕޯޓަރުން ވަނީ އެމީހުން ބޭނުންވާ ނަން ތަކެއްވެސް ސައިގެ ފިރިމީހާގެ ގޮތުގައި ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ފެނުނު މުހްސިން ހާން، "ކަސައުޓީ ޒިންދަގީ ކީ 2 " އިން ފެނިގެން ދިޔަ، ޕާތް ސަމްތާން އާއި ކަރަން ޕަޓޭލް ފަދަ ތަރިންތަކެކެވެ.

ސަޕޯޓަރުން ވިރާޓް ކެރެކްޓާ ދެކެ ފޫހިވަނީ އޭނާގެ އަނބިމީހާ ސައި އަށް ދޭންވާ ސަމާލުކަން އެކަށީގެންވާގޮތުގައި ނުދޭފަދަ ރޯލަކަށް ވާތީ އެވެ. އަބަދުވެސް އުޅެން ޖެހެނީ ފަހަރި އަދި އޭނާ ދެކެ އިންތިހާއަށް ލޯބިވާ ޕަތްރެލިކާ ކައިރިން ސަލާމަތް ވެވޭވަރު ނުވެގެންނެވެ.

ސަޕޯޓަރުން ކުރަމުންދާ މި ޑިމާންޑުތަކާއި ގުޅޭގޮތުން "ގުމް ހޭ ކިސީކޭ ޕިޔާރް މެއިން" ޕްރޮޑަކްޝަން ޓީމުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ. އެކަމަކު އާންމުކޮށް ޝޯތަކުގެ ރޭޓިން ދައްވެދާނެތީ ސަޕޯޓަރުންގެ މިފަދަ ހިޔާލުތަކާއި އެއްގޮތަށް ބަދަލު ގެންނަ ޑްރާމާތައް ގިނަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް